އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޕެޑް މޭން"ގެ ބަތޮލާ ސޯނަމް ކަޕޫރު، އިންޑިއާގެ ސްކޫލެއްގެ ދަރިވަރުންނަށް ޕެޑް ބަހައިފި އެވެ.
ޕެޑް ބެހުމުގައި ސޯނަމް، އެގައުމުގެ ސްކޫލަކަށް ގޮސްފައިވަނީ ފިލްމު "ޕެޑްމޭން"ގެ ޑައިރެކްޓަރު އާރު ބަލްކީ އާއިވެސް އެކުގައި އެވެ. މިއީ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްކެއް ކަމުގައި ބެލެވެ އެވެ.
ޕެޑްމޭން އަކީ އިންޑިއާގެ ސޯޝަލް އެކްޓިވިސްޓަކު ޕެޑް މެޝިނެއް އުފެއްދިގޮތާއި އަދި އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ އެކްޓަރެއްގެ ގޮތުގައި އަކްޝޭ ކުމާރު ފެނިގެންދާއިރު ފިލްމުގައި އަކްޝޭ ކުމާރާއިއެކު ދެން ފެނިގެންދަނީ ސޯނަމް ކަޕޫރާއި ރާދިކާ އާޕްތޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް