އިސްލާމްދީނުގައި ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަ ކުރައްވާފައިވާއިރު، ސައުދީ ފިރިހެނުން އެންމެ ކައިވެންޏަކުން ފުއްދާލުން ރަނގަޅު ކަމަށް ސައުދީ ޝޭހެއް ކަމުގައިވާ ޑރ. އާއިދު އަލް ޤަރނީ ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އެވެ.
އޭނާ ބުނެފައިވަނީ ފިރިހެނުން އެންމެ ކައިވެންޏެއް ކުރަން އޭނާ އިލްތިމާސް ކުރާ ކަމަށެވެ. ނަމަވެސް ގިނަ އަންހެނުންނާ ކައިވެނި ކުރަން ދީން ހުއްދަކުރާއިރު އެކަމުގައިވެސް ގޯހެއް ނެތް ކަމަށެވެ. އެހެންނަމަވެސް ގިނަ އަންހެނުންނާ ކައިވެނި ކުރާނަމަ މައްސަލަ ބޮޑުވާކަމުގައި އޭނާ ބުނެފައި ވެ އެވެ.
އޭނާ މިހެން ބުނެފައިވާއިރު އޭނާގެ ވެސް އުޅެނީ އެއް އަންބަކަށްވުރެ ގިނަ އަނބީންނާއި ކައިވެނި ކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް