އޮޒިލް އަކީ މޮޅު ކުޅުންތެރިއެއް، އާސެނަލްއަށް އޭނާ މުހިންމު: އާޓެޓާ

އޮޒިލްް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އާސެނަލް އަށް އޭނާ ވަރަށް މުހިންމު ކަމަށް އެޓީމުގެ ކޯޗުކަމާއި އަލަށް ހަވާލުވި މިކޭލް އާޓެޓާ ބުނެފިއެވެ. އާސެނަލް އަށް އޮޒިލް އާއެކު ކުރިން ކުޅެފައިވާ ސ...

21 Dec 2019 | 08:04

އޮޒިލްް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އާސެނަލް އަށް އޭނާ ވަރަށް މުހިންމު ކަމަށް އެޓީމުގެ ކޯޗުކަމާއި އަލަށް ހަވާލުވި މިކޭލް އާޓެޓާ ބުނެފިއެވެ.

އާސެނަލް އަށް އޮޒިލް އާއެކު ކުރިން ކުޅެފައިވާ ސްޕެއިންގެ މިކޭލް އާޓެޓާ ބުނީ އާސެނަލްގައި ވަރަށް ރަނގަޅު ސްކޮޑެއް އެބައޮތް ކަމަށާއި ޚާއްސަކޮށް އޮޒިލްއަކީ ކޮންމެފަދަ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން އާސެނަލްއަށް ކުޅުނު އިރު އަހަންނާއެކު އޭނާ (އޮޒިލް) ވެސް ވަނީ ކުޅެފަ. އަދިވެސް ހަމަ އެފެންވަރެއްގައި އެބަކުޅޭ. އެހެންވީމަ ވަރަށް އަހަރުމެންނަށް އޭނަ ވަރަށް މުހިންމު" އާޓެޓާ ބުންޏެވެ.

ތިން އަހަރާ ބައިގެ މުއްދަތަކަށް އާސެނަލް އާ ހަވާލުވި އާޓެޓާ ޓީމާ އަމަލީ ގޮތުން ހަވާލުވާނީ މާދަމާއެވެ.

އެހެންކަމުން އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ 10 ވަނައިގާ މިވަގުތު އޮތް އާސެނަލް މިރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދުދޭނީ ވަގުތީ ކޯޗު ފްރެޑީ ލިއުންބާގެވެ.

އުނާއި އެމެރީގެ ކޯޗުކަމުގައި އޮޒިލްގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއިރު، އޮޒިލް ގިނަ މެޗުތަކުގައި ފެނިގެންދިޔައީ ބެންޗުންނެވެ. އުމުރުން މިހާރު 31 އަހަރުގެ އޮޒިލް އާއެކު އާޓެޓާ މީގެ ކުރިން ވަނީ އާސެނަލްގައި ކުޅެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް