އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިފްގެ ގުރުލުން މިރޭ، ފުރަތަމަ މެޗު މި މަހު 26 ގައި

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިފްގެ ގުރުއަތުލުން މިރޭ ބާއްވަން ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މިރޭ 8 ޖަހ...

21 Dec 2019 | 07:29

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިފްގެ ގުރުއަތުލުން މިރޭ ބާއްވަން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މިރޭ 8 ޖަހާއިރު ސ. ގަމު އިކުއޭޓަރ ވިލެޖުގެ ބުލޫ ލެގޫންގައެވެ.

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ އެފްސީ ޒެފިޔާ (ހިތަދޫ)، ކްލަބް ރިވެރިން (ހިތަދޫ)، އެފްސީ ބޭރުމަތި (ހިތަދޫ)، ގޯދިއްޔާ (މަރަދޫ)، ފޭދޫ ސްޕޯޓްސް (ފޭދޫ) އަދި މުލިމަތި (މީދޫ) އެވެ.

އައްޑޫ ކައުންސިލުން ބުނީ މިއީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގެންނެވުމާއެކު ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދާ ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.

މި މަހުގެ 26 ވަނަ ދުވަހު ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް