ބަތަލާ ކާޖަލް އަގަރްވާލް ރާއްޖޭގައި

ބޮލީވުޑް ބަތަލާ ކާޖަލް އަގަރްވާލް އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ރީތި ފަރު ރިސޯޓްގައެވެ. އާއިލާއާއެކު ކާޖަލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ...

21 Dec 2019 | 07:10

ބޮލީވުޑް ބަތަލާ ކާޖަލް އަގަރްވާލް އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ރީތި ފަރު ރިސޯޓްގައެވެ.

އާއިލާއާއެކު ކާޖަލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މި ޗުއްޓީގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

https://www.instagram.com/p/B6Q63ZEHlES/

ކާޖަލް އަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ އަޖޭ ދޭވްގަން އާއެކު ކުޅުނު "ސިންގަމް" އިންނެވެ. ކާޖަލް އަކީ ހިންދީ  އަދި ތަމިލް އަދި ތެލުގޫ ފިލްމުތައްވެސް ގިނަ އަދަދަކަށް ކުޅެމުން އަންނަ ތަރިއެކެވެ.

https://www.instagram.com/p/B6SQ11aHHkB/

މިހާރުވެސް ތަމިލް ދެ ފިލްމަކާއި ތެލުގޫ ފިލްމަކާއި ހިންދީ ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 2020 ގައި ނެރެން ތައްޔާރުވަމުން އަންނަ ހިންދީ ފިލްމަކީ ސަންޖޭ ގުޕްތާގެ "މުމްބައި ސާގާ" އެވެ. އެ ފިލްމުގައި ޖޯން އަބްރަހަމް، އިމްރާން ހާޝްމީ ޖެކީ ޝްރޯފް، ސުނިލް ޝެޓީގެ އިތުރުންވެސް ބޮޑު ކާސްޓެއް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް