ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ލަންކާގެ ޓެކްނޮލޮޖިކަލް ކެމްޕަސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ސްރީލަންކާގެ ޓެކްނޮލޯޖިކަލް ކެމްޕަސް އާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއެ ކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއެ ކުރެއްވީ ޕަރމަނަންޓް ސެކެ...

21 Dec 2019 | 06:22

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ސްރީލަންކާގެ ޓެކްނޮލޯޖިކަލް ކެމްޕަސް އާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއެ ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއެ ކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ފާތުމަތު ޙިލްމީއެވެ. އަދި ސްރީލަންކާ ޓެކްނޮލޮޖިލް ކެމްޕަސްގެ ފަރާތުން ސޮއެ ކުރެއްވީ ފައުންޑަރ އަދި ސީ.އީ.އޯ ރަންޖިތް ރުބަސިންގްހެ އެވެ. ސޮއެކުރެވުނު އެމް.އޯ.ޔޫގެ ސަބަބުން  ދިވެހިރާއްޖެއަށް އަންޑަރގްރެޖުއޭޓް ލެވަލްގެ ދެ ސްކޮލަރޝިޕް އެސް.އެލް.ޓީ.ސީ ގެ ފަރާތުން ލިބިގެންދާނެއެވެ.

މިރަސްމިއްޔާތުގައި ސްރީލަންކާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބަންޑުލާ ގުނަވަރުދަނަ އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްރީލަންކާ ޓެކްނޮލޮޖިކަލް ކެމްޕަސް އަކީ އިންޖިނިއަރިންގް، ކޮމްޕިއުޓަރ ސައިންސް އަދި ބިޒްނަސް ގެ އަންޑަރގްރެޖެއޭޓް ލެވަލް އިން ފެށިގެން ގޮސް މާސްޓަރސް އަށް ކިޔަވައިދޭ މަރުކަޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް