އަށް މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވި މަލީޝާގެ ވެރިޔާއަށް އަށް އަހަރުގެ ޖަލު ހުކުމެއް

ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ މީގެ ހަތް އަހަރުކުރިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފައިސާ ދެއްކި ފަރާތްތައް ހައްޖަށް ނުގެންގޮސްދިން މައްސަލައިގާ އެކަން ކުރި، މަލީޝާ ހައްޖު އެންޑް އުމްރާ...

21 Nov 2019 | 16:47

ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ މީގެ ހަތް އަހަރުކުރިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފައިސާ ދެއްކި ފަރާތްތައް ހައްޖަށް ނުގެންގޮސްދިން މައްސަލައިގާ އެކަން ކުރި، މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ކުރީގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު އަށް އަހަރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަބައެއްގެ އަތުން އަށް މިލިޔަނަށްވުރެ ގިނަ ރުފިޔާ އޭނާ ނެގިކަމަށާއި އެ މީހުން ހައްޖަށް ގެންގޮސްދީފައިނުވާކަމަށެވެ. އަދި ފައިސާ އަނބުރާ ދީފައިވެސް ނުވާކަމަށް އޭނާ ދެއްކި ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.

އޭނާގެ އެ އަމަލުތަކަކީ ޚިޔާނާތްތެރިވުންކަން މި މައްލައިގާ ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކުން ސާބިތުވާކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

2012 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ގެންގޮސްނުދީ އަދި ފައިސާ އަނބުރާ ދީފައިނުވާއިރު އެ ފަހަރު ހައްޖަށް ނުދެވުނު ފަރާތްތައް ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް