މާލީ ބަޔާން ހުށަހަޅަން އޮންނަ އުސޫލު މުރާޖާކޮށް، މާލީ ބަޔާން ހުށަނާޅާ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި

ފަނޑިޔާރުންގެ މާލީ ބަޔާން ހުށަނާޅާނަމަ އެ ފަނޑިޔާރަކާއިމެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގ...

21 Nov 2019 | 13:13

ފަނޑިޔާރުންގެ މާލީ ބަޔާން ހުށަނާޅާނަމަ އެ ފަނޑިޔާރަކާއިމެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޮންމެ ފަނޑިޔާރަކު، ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އެ ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ.

"މާލީބަޔާން ހުށަހެޅުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި، މާލީ ބަޔާން ހުށަހަޅާ އުސޫލު މުރާޖައާކޮށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާންތައް އޮޑިޓް ކުރުމަށް 20 ނޮވެމްބަރު ވީ ބުދަ ދުވަހު ކޮމިޝަނުން ނިންމާފައިވެއެވެ" ޖޭއެސްސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާތަނަށް މާލީ ބަޔާން ހުށަނާޅުއްވާ ފަނޑިޔާރުން، މާލީ ބަޔާން ހުށަހެޅުމަށް ދެންނެވުމަށާއި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވާނަމަ، އެ ފަނޑިޔާރަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް