ބައްލަވައިގަންނަ ސައިކަލު ވަގުތުން އަތަށް ލިބޭ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފިއެވެ. "ވަގުތުން އަތަށް" މި ނަމުގައި ލިޓަސް އިން ފަށާފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށް ކަމުގައި ލިޓަސް އިން ބުނެއެވެ.
" މިހާރު ސައިކަލު ލިބޭލޭ ލަސްވެގެން އުޅޭކަށްނުޖެހޭނެ! ހަމަ ރަގަޅަށް ތިކިޔާލީ، ކަނޑައެޅޭ ސައިކަލްތަކެއް ވަގުތުން އަތަށް! ????" މި ޕްރޮމޯޝަން އިއުލާނުކޮށް ލިޓަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މި ޕްރޮމޯޝަންގެ ބޭނުމަކީ ބޮޑު އަގުގައި ސައިކަލު ބައްލަވައިގަތުމަށްފަހު ސައިކަލު އަތަށް ލިބެންދެން ކުރަންޖެހޭ އިންތިޒާރަށް ނިމުމެއް ގެނައުމެވެ. އެގޮތުން މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ އެދިލެއްވުމަށް ފެށި ޕްރޮމޯޝަނެއް ކަމުގައި އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ހަމަ މި ޕްރޮމޯޝަނާއެކު އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ސައިކަލުތަކުން ހާއްސަ ޑިސްކައުންޓެއް ދޭންވެސް ނިންމާފައިވާކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ހުރިހާ ފިހާރައަކުންވެސް ޔަމަހާ އެރޮކްސް އަދި ހޮންޑާ ޒޫމް އިން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށާއި އަދި މާލެ ޝޯ ރޫމުން ވިއްކާ ފިނޯ އާއި ސްކޫޕީ އަދި އައްޑޫ ޝޯ ރޫމުން ވިއްކާ ޕީސީއެކްސްގެ އިތުރުން ފޮނަދޫ ޝޯ ރޫމުން ވިއްކާ ކިއުބިކްސްގެ އަދި ފުވައްމުލަކު ޝޯ ރޫމުން ވިއްކާ ސްކޫޕީންވެސް މި ޑިސްކައުންޓް ލިބިގެންދާނެ ކަމުގައި އާސިފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް