މަންޓާ އެއާގެ ފަސްވަނަ ސީޕްލޭން ރާއްޖެ ގެނެސް ހަވަނަ ސީޕްލޭން ރާއްޖެ ގެނައުމުގެ މަސައްކަތް އެ އެއާލައިނުން ފަށައިފިއެވެ.
އެގޮތުން މަންޓާ އެއާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަންޓާ އެއާގެ ފަސްވަނަ ސީޕްލޭން މަންޓާއެއްހެން އިއްޔެ ރާއްޖެ އައިސްފައިވާކަމަށާއި ހަވަނަ ސީޕްލޭންގެ ދަތުރު މިހާރު ފަށާފައިވާކަމަށެވެ. އަދި އެ ސީޕްލޭން މި މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމުގައިވެސް ބުނެފައިވެއެވެ.
އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން ބުނެފައިވާގޮތުގައި އެ އެއާލައިންގެ ސީޕްލޭން ފްލީޓްގައި ޖުމްލަ 10 ސީޕްލޭން ހިމެނޭނެއެވެ. ގާތްގާތުގައި މަންޓާ އެއާއިން އަންނަނީ ސީޕްލޭންތައް ގެނެސް ފްލީޓްގައި ހިމަނަމުންނެވެ.
މަންޓާ އެއާގެ ފަސްވަނަ ސީޕްލޭން ގެނެސް ހަވަނަ ސީޕްލޭން އޭގެ ދަތުރު ރާއްޖެއަށް ފަށާފައިވާއިރު މަންޓާ އެއާއިން ވަނީ މިދިޔަ ހަފްތާގައި އެ އެއާލައިންގެ ސީޕްލޭން ޓާމިނަލް ހުޅުވައި ސީޕްލޭންގެ ދަތުރުތައްވެސް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް