ގއ. އަތޮޅުގައި "ޔަންމާ ސާރވިސް ކެމްޕެއިން" ފަށައިފި

"ޔަންމާ ސާރވިސް ކެމްޕެއިން" ގެ ނަމުގައި އެމްޓީސީސީއާއި ޔަންމާ އޭސިއާ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިން މިއަދު ފަށައިފިއެވެ. 21 ނޮވެމްބަރުން 23 ނޮވެމްބަރު 2019ގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕެއިންގ...

21 Nov 2019 | 11:28

"ޔަންމާ ސާރވިސް ކެމްޕެއިން" ގެ ނަމުގައި އެމްޓީސީސީއާއި ޔަންމާ އޭސިއާ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިން މިއަދު ފަށައިފިއެވެ.

21 ނޮވެމްބަރުން 23 ނޮވެމްބަރު 2019ގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕެއިންގެ މަގްސަދަކީ ކަސްޓަމަރުން ހޭލުންތެރިކުރުވުމާއިއެކު ކުންފުންޏާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ގާތްކަން ދެމެހެއްޓުން ކަމުގައި އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނެފައިވާގޮތުގައި ޔަންމާ ސާރވިސް ކެމްޕެއިންގެ ދަށުން ގއ. ގެމަނަފުށި އަދި ގއ. ދާންދޫގައި އެމްޓީސީސީ އަދި ޔަންމާ އޭސިއާ ސިންގަޕޯރ ކޯޕަރޭޝަން ސޭލްސް، މާކެޓިންގ އެންޑް ޓެކްނިކަލް ޓީމުން ތިން ދުވަހަށް ހަރަކާތްތެރިވަމުންދާނެއެވެ. މި ކެމްޕެއިންގެ ތެރެއިން ޔަންމާގެ ޓެކްނިކަލް ޓީމްތަކުން ޔަންމާ އިންޖީން އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް އިންޖީނުތައް ސަރވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއާރ ޕާޓްސް ބޭނުން ކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމާއިއެކު ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

އަދި ސްޕެއާރ ޕާޓްސްގެ އެކި ބޭނުންތަކާއި އިންޖީނު އޯވަހޯލް ކުރުމުގެ މަސައްކަތަށް ކަސްޓަމަރުން ތައްޔާރުވާނެގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރެވޭނޭ ކަމަށާއި މި ކެމްޕެއިންގެ ތެރެއިން ސަރވޭ ކުރެވޭ ކޮންމެ އިންޖީނަކަށް ޔަންމާ މެއިންޓެނެންސް ކިޓެއް ހަދިޔާކުރެވޭނެކަމުގައިވެސް އެމްޓީސީސީން ބުނެފައިވެއެވެ.

"މީގެ އިތުރުން މި ކެމްޕެއިންގެ ބައިވެރިވާ ކަސްޓަމަރުންނަށް އިންޖީނުގެ ސްޕެއަރ ޕާޓްސް ގަތުމަށް ހާއްސަ އަގެއް ކަނޑައެޅިފައިވެއެވެ." އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން މައުލޫމާތުދެއްވާގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ކެމްޕެއިންތައް ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމެވެ. އަދި މި އަހަރު ތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ޕްރޮޑަކްޓްތަކަށް ހާއްސަކޮށްގެން އެމްޓީސީސީން ވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް