ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ނަކަލުކޮށްފައިވާ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުންގެ އަދަދު މި ފަހަކަށް އައިސް އިތުރުވަމުން އަންނަ އިރު، ފާއިތުވި މަހު ތިން މީހަކު ވަނީ އިމިގްރޭޝަނުން ހިފަހައްޓާފައެވެ.
މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 11 މީހަކު އިމިގްރޭޝަނުން ވަނީ އަތުލައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް