ސުގަރ ޕެޕް: ހިފާ ގެންގުޅެން ފަސޭހަ، މީރުވަސް ގިނަ އިރު ހުންނާނެ ޕާފިއުމް އޮއިލް ޕޮއިޒް އިން

މިއަދު ސްކޫލުތައް ބަންދުވެ ބޮޑު ޗުއްޓީ ފެށޭއިރު މާލެއިން ގިނަ ބަޔަކު ރާއްޖޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުތައް ފަށާނެއެވެ. ނޫންނަމަ ދަތުރުތައް ޕްލޭން ކުރަމުން ދާނެއެވެ. އަދި ރާއްޖޭގެ ރަށްރަށު...

21 Nov 2019 | 08:06

މިއަދު ސްކޫލުތައް ބަންދުވެ ބޮޑު ޗުއްޓީ ފެށޭއިރު މާލެއިން ގިނަ ބަޔަކު ރާއްޖޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުތައް ފަށާނެއެވެ. ނޫންނަމަ ދަތުރުތައް ޕްލޭން ކުރަމުން ދާނެއެވެ. އަދި ރާއްޖޭގެ ރަށްރަށުން މާލެއަށާއި ރާއްޖެއިން ބޭރަށްވެސް ދަތުރުތައް ފަށާނެއެވެ. ނުވަތަ ޕްލޭން ކުރާނެއެވެ.

މިފަދަ ދަތުރުތަކުގައި މީރުވަސް ދުވާނެ، ގިނަ އިރު ވަސް ހިފަހައްޓާނެ، އަދި ގެންގުޅެން ފަސޭހަ ޕާފިއުމެއް ލިބުމަކީ ހަމަ ގައިމުވެސް ދަތުރުފަތުރުގެ ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.

އެއް ހައްލަކީ ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްގެ ގިނަ ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ޕޮއިޒް އިން ރާއްޖޭގެ މާކެޓަށް މިހާރު ތައާރަފްކޮށްފައިވާ ސުގަރ ޕެޕް ޕާފިއުމް އޮއިލްއެވެ.

ސުގަރ ޕެޕް ޕާފިއުމް އޮއިލްއަކީ ކަނބަލުންނަށް އަތް ދަބަހުގައި ފަސޭހަކަމާއެކު ގެންގުޅެވޭނެ، އަދި ފިރިހެން ބޭފުޅުންނަށް ސައިކަލުގެ މަޑިދަށުގައި ނުވަތަ ޖީބުގައިވެސް ފަސޭހަ ކަމާއެކު ގެންގުޅެލެވޭނެ ޕާފިއުމްއެކެވެ. ސުގަރ ޕެޕްގެ ވަސްތަކުގެ އަސްލު ގުޅިފައިވަނީ ޒަމާންވީ އަދި މުޅި ދުނިޔެއަށް މަޝްހޫރު ޕާފިއުމް އިންޑަސްޓްރީއެއް އޮންނަ ފްރާންސްގެ ގްރާސް އާއެވެ.

ސުގަރ ޕެޕްގެ 12 ވަހެއް ޕޮއިޒް އިން ތައާރަފް ކޮށްފައިވާއިރު މީގެ ވަސްތަކަށް ނަން ދީފައިވަނީ ޒޯޑިއަކް ސައިން ތަކުންނެވެ. ވަސްތަކުގެ ތެރޭގައި އެކުއޭރިއަސް، ޕައިސަސް، އޭރީޒް، ޓޯރަސް، ޖެމިނީ، ކެންސަރ، ލިއޯ، ވާރގޯ، ލިބްރާ، ސްކޯޕިއޯ، ސެގިޓޭރިއަސް އަދި ކެޕްރިކޯން ހިމެނޭއިރު މީގެން ކޮންމެ ވަހަކީވެސް ތަފާތު މީރުވަހެކެވެ. އަދި ގިނަ އިރު ވަސްނުކެނޑި ހަރުލާފައި ހުންނާނެ ވަހެކެވެ.

ސުގަރ ޕެޕްގެ އުފެއްދުންތަކަކީ "ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް (ޖީއެމްޕީ)" ސެޓިފިކެޓް ހާސިލުކޮށްފައިވާ، އަލްކަހޯލް ފްރީ އަދި ކްރުއެލްޓީ ފްރީ އުފެއްދުންތަކެކެވެ.

ސުގަރ ޕެޕްގެ ވަސްތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ތަފާތު ވަސްތައް ރާއްޖެއަށް އަލަށް ތައާރަފްކުރި ޕޮއިޒް ޕާފިއުމްސް އިންނެވެ.

ޕޮއިޒް އަކީ ދިވެހިންނަށް ކޮލިޓީ، މީރުވަސް ދުވާ ސެންޓް، ބޮޑީ ސްޕްރޭ ވަރަށް ހާއްސަ އަގުތަކެއްގައި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީ، އަދި މުޅި ރާއްޖެއަށް މީރުވަސް އަދި އުފާވެރިކަން ގެނެސްދޭ ފަރާތެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ 0% ގޭސް ބޮޑީ ސްޕްރޭ ތައާރަފް ކުރީވެސް ޕޮއިޒް އިންނެވެ. އެއީ ދުނިޔޭގެ މަޝްހޫރު ފޮގް ބްރޭންޑްގެ ބޮޑީ ސްޕްރޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް