ގދ. ތިނަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
މިކަން ހިނގާފައިވަނީ ރޭ 11:05 ހާއިރުގައެވެ. ދެމީހަކު ވެގެން ވަޅިއަކުން ހަމަލާ ދީފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި އަނިޔާ ލިބުނު މީހާ ފުލުހުންގެ ވެހިކަލްގައި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވި ފަރުވާ އަންނަނީ ދެމުންނެވެ. މީހާ ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
"މި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ 32 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ހޯދައި 12:23 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް