ގެއްލުނު އުމުރުން ދުވަސްވީ މީހާ ފެނިއްޖެ، ހާލު ރަނގަޅު

އދ. މަންދޫން މިރޭ ގެއްލުނު އުމުރުން ދުވަސްވީ މީހާ އަލްހަމްދުލިﷲ ހެޔޮ ހާލުގައި ހުއްޓާ ފެނިއްޖެއެވެ. ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ފެނުނީ އެ ރަށު ކުޅި ސަރަހައްދުން ކ...

20 Nov 2019 | 19:14

އދ. މަންދޫން މިރޭ ގެއްލުނު އުމުރުން ދުވަސްވީ މީހާ އަލްހަމްދުލިﷲ ހެޔޮ ހާލުގައި ހުއްޓާ ފެނިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ފެނުނީ އެ ރަށު ކުޅި ސަރަހައްދުން ކަމަށާއި ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އދ. މަންދޫގައި އުމުރުން 83 އަހަރުގެ ފިރިހެނެއް މިރޭ އިޝާ ނަމާދަށްފަހު ނުފެނިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 09:35 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި އެއާއެކު ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް އޭނާ ހޯދުމުގައި ހަރަކާތްތެރިވިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް