ރާއްޖޭ ގައުމީ ޓީމުގެ ކޯޗަކަށް އިޓަލީގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް މޮރިއޭރޯ ހަމަޖައްސައިފި

ރާއްޖޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީ ގެ ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ލެޖެންޑް ފްރެންޗެސްކޯ މޮރިއޭރޯ ހަަމަޖައްސައިފި އެވެ. އުމުރުން 52 އަހަރިގެ މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވެފައިވާކަން އެފްއޭއެ...

21 Oct 2021 | 18:20

ރާއްޖޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީ ގެ ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ލެޖެންޑް ފްރެންޗެސްކޯ މޮރިއޭރޯ ހަަމަޖައްސައިފި އެވެ.

އުމުރުން 52 އަހަރިގެ މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވެފައިވާކަން އެފްއޭއެމުން ރަސްމީކޮށް މިރޭ އިއުލާނުކުރިއިރު، މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވީ ދެއ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.

އެފްއޭއެމުން ހާމަކުރި ގޮތުގައި ގައުމީޓީމާއި އަލަށް ހަވާލުވި

މޮރިއޭރޯ ރަސްމީކޮށް ގައުމީ ޓީމާ އެކު މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އަންނަ މަހު ސްރީލަންކާގައި ފަށާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީޓީމުގެ ޕްރެކްޓިސްތައް އަންނަ ހޯމަ ދުވަހު ފަށާއިރު، މި ޕްރެކްޓިސްތައް ކުރިޔަށްދާނީ މޮރިއޭރޯގެ އިރުޝާދުގެ ދަށުންނެވެ.

ރާއްޖޭގެ ގައުމީޓީމުގެ ކޯޗުކަމާއި މޮރިއޭރޯ ހަވާލުވިއިރު، އޭނާ އެންމެ ފަހުން ކޯޗުކަމާއި ހަވާލުވެ ހުރީ އަލްބޭނިއާގެ ސުޕަ ލީގުގެ ކުލަބެއް ކަމުގައިވާ ޑިނަމޯ ޓިރާނާގެ ކޯޗުކަމާއެވެ.

ގިނަ ކުލަބުތަކަށް ކޯޗު ކޮށްދިން ނަމަވެސް މިހާތަނަށް އެއްވެސް ގައުމެއްގެ ގައުމީޓީމަކަށް ކޯޗުކޮށްދީފައި ނުވާއިރު، ރާއްޖެ އަކީ އޭނާ ކޯޗުކޮށްދޭނެ ފުރަތަމަ ގައުމީ ޓީމެވެ.

2006 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މޮރިއޭރޯ އެންމެ ފުރަތަމަ ކޯޗު ކޮށްދީފައިވަނީ އައިވަރީ ކޯސްޓްގެ ކްލަބް އެފްރިކާ ސްޕޯޓްސް އަށެވެ. އެއީ އައިވަރީ ކޯސްޓުގެ ޓޮޕް ލީގުގެ ކުލަބެކެވެ. އެކުލަބުގެ ކޯޗުކަމުން މޮރިއޭރޯ ވަކިކުރީ އެ ކުލަބުން ނެރެމުން ދިޔަ ދައް ނަތީޖާތަކުގެ ސަބަބުން 2007 ވަނަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ ދުވަހުގައެވެ.

އޭގެ ފަހުން އަމިއްލަ ގައުމު އިޓަލީއަށް ބަދަލުވެ އެގައުމުގެ

ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދީފައިވެެެއެވެ. އޭގެތެރޭގައި ދާދި ފަހުން އިޓަލީގެ ސެރިއޭގައި ވާދަކުރި ފްރޮސިނޯނޭ އާއި ކްރޮޓޯނޭގެ އިތުރުން ލެޗޭ ހިމެނެއެވެ.

އިޓަލީގެ ގައުމީޓީމަށް ވެސް ކުޅެ ލަނޑުވެސް ޖަހާފައިވާ މޮރިއޭރޯ ކުޅުނު ބައެއް ކުލަބުތަކުގެ ތެރޭގައި އިންޓަމިލާން، ލެޗޭ، ރޯމާ، ނަޕޮލީ، ކަގްލިއާރީ ހިމެނެއެވެ. މޮރިއޭރޯ ކެރިއަރު ނިންމާލީ 2002 ވަނަ އަހަރު ނަޕޮލީންނެވެ.

ޔޫރަޕްގެ މަތީ ފަންތީގެ ކުލަބުތަކަށް ކުޅެ ތަޖުރިބާ ލި ިފައިވާ މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާއި އެކު ކުރިމަތި ލާނެ އެންމެ ބޮޑު ޗެލެންޖަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންނެވެ. ސެންޓްރަލައިސް ކޮށް ކުޅޭ އޭސިއަން ކަޕް ކޮލިފައިން މެޗުތައް ފަށާނީ އަންނަ އަހަރު ޖޫން މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް