ހިމަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި

އއ. ހިމަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ. ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ އއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމު...

21 Oct 2021 | 15:16

އއ. ހިމަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ.

ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ އއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހިމަންދޫ ކައުންސިލްގެ ރައީސް އުޝާމް އިސްމާއިލް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަށު ބަނދަރު ތަރައްކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ހިމަންދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިމަންދޫގައި 45,252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށްފައިވެ އެވެ. އަދި 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެ އެވެ.

މީގެ އިތުރުން 147 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާފައިވާ ކަމަށް އެމްޓީސީސީންބުނެ އެވެ. އެ ކުންފުނިން ބުނީ ހިމަންދޫ ބަނދަރުގައި ހަތަރު މީޓަރު ފުޅާ ބްރިޖެއްގެ އިތުރުން ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހަދައި، ބަނދަރު ބައްތި ހަރުކުކޮށްފައިވާނެ ކަމަށެވެ.

ހިމަންދޫ ބަނދަރަކީ 49.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް