ބަންގްލަދޭޝް މީހަކު ޓުއަރ ގައިޑަކަށް ވެގެން ޓުއަރިސްޓެއްގެ ފައިސާތައް ފޭރިގަނެފައިވާ މައްސަލައެއް ފުލުހުން ތަހުޤީގު ކުރަން ފަށައިފި އެވެ.
ބަންގްލަދޭޝް މީހާގެ ފޮޓޯ އާންމު ކުރަމުން ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ފައިސާތައް ފޭރިގަތުމަށް މަގު ފަހި ކުރުމުގެ ގޮތުން ފުރަތަމަ ވަނީ ޓުއަރ ގައިޑަކަށް ވެގެން ޓުއަރިސްޓަށް ޚިދުމަތް ދީފައި ކަމަށެވެ. އަދި ފައިސާތައް ފޭރިގަނެފައިވަނީ ޓުއަރިސްޓު މީހާ އާޓިފިޝަލް ބީޗްގެ މޫދަށް އެރުނު ވަގުތު ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މައްސަލަ ބަލަމުން ދިޔަ ނަމަވެސް އެއީ ކާކު ކަން ފުލުހުންގެ ތަހުޤީގަށް ދެނެ ގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހޯދުނު ހޯދުންތަކުން އޭނާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއްކަން އެނގިފައިވާ ކަމަށް ހާމަ ކުރައްވާފައި ވެއެވެ.
އެހެންކަމުން އޭނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފަައިވާ ފަރާތެއްވާނަމަ ލަސް ނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިލައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް