ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 1.7 ހެކްޓަރުގެ ބިން ހިއްކުމާއި 278 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 13.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް