ކަރަންޓު ބިލް ނުދައްކައިގެން ދ. ބަނޑިދޫ ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލައިފި އެވެ.
އެރަށު ކައުންސިލުން މީޑިއާއަށް މަޢުލޫމާތު ދެެއްވި ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި އޮތީ ކަރަންޓު ބިލުގެ ޖޫރިމަނާ އާއި ގުޅިގެން ފެނަކައިން 20،000 ރުފިޔާއިން ކައުންސިލް ޖޫރިމަނާ ކުރަމުން ގެންގޮސްފައިވާތީ އެވެ.
މީގެ އިތުރުން މިއަހަަރަށް ކަނޑައަޅާ ބަނޑިދޫ ކައުންސިލުން ބަޖެޓް ކޮށްފައިވާ ހަ މިލިއަނެއްްހާ ރުފިޔާގެ ތެރެއިން ކޮވިޑް 19 ގައި އިޤްތިޞާދަށް އައި ހީނަރުކަމާއި ގުޅިގެން ލިބިފައިވަނީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވަ އެވެ.
ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލާފައިވާއިރު، އެއިދާރާގެ ބިލަށް 2018 ވަނަ އަހަރު ވެރިކަން ބަދަލުވި އިރު ހުރި ބިލްތައް ލައިގެން އެއްމިލިއަން ރުފިޔާ އަަރައެވެ.
ބަނޑިދޫ ކައުންސިލުން ކަރަންޓު ކަނޑާލާފައި ވާއިރު އިއްޔެ ވަނީ ނ. މާފަރު ކައުންސިލް އިދާރާއާއި އެ އިދާރާގެ ބެލުމުގައި ހުރި ތަންތަނުގެ ބިލް ނުދައްކާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ ކަރަންޓު ކަނޑާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް