ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ އިޓަލީގެ އެޓަލާންޓާ އާއި ދެކޮޅަށް ކުޅެ ފަހަތުން އަރާ މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ކުޅުމާއި މެދު ވަރަށް ހިންހަމަ ޖެހޭ ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލިގަނަ ސޮލްޝެއަރ ބުނެފިއެވެ.
ޔުނައިޑެޑަށް އެނބުރި އައިސް މިހާތަނަށް ޔުނައިޓެޑް ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ފަހުން ކުޅުނު ދެމެޗުގައި ވެސް ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ދެ މެޗުން ވެސް ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ ރޮނާލްޑޯ އެވެ. އެހެން ކަމުން ރޭގެ މެޗަށް ފަހު ރޮނާލްޑޯއަށް ތައުރީފުގެ ބަސްތައް އޮހެމުން ދާއިރު، ޔުނައިޓެޑުގެ ކުޅުންތެރިންގެ އިތުރުން ކޯޗުވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ދެއްކި ކުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސޮލްޝެއަރ ބުނީ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަން ރޭގެ މެޗުގައި ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފި ކަމަށެވެ. އަދި ރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި އެގޮތުން މެޗުގައި ލަނޑު މެހުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދައިދީފައި ވާކަމަށެވެ.
ސޮލްޝެއަރ ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ގޯލް ކުރިމަތީގައި އިދިކޮޅު ޓީމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި ރޮނާލްޑޯއަށް ފާޑު ކިޔާ ފަރާތްތަކަށް ރޭގެ މެޗު ފުދޭ ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެޓޭކިން ލައިން ގައި އޭނާ ލީޑް ކުރި ގޮތާ މެދު ވަރަށް އުފާވާ ކަމަށާއި އޭނާ ދިން ޕްރެޝަރާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ރޭގެ މެޗުގައި ސެންޓާ ފޯވާޑް ކުރަން ޖެހޭ ހުރިހާ ކަމެއް ރޮނާލްޑޯ ކުރި ކަމަށްވެސް އޭނާ ބުންޏެވެ.
" އެއީ ދެވަނައެއް ނުވާ ޓަފް ކުޅުންތެރިއެއް. އިދިކޮޅު ޓީމަށް ހުރި ނުރައްކަލެއް. ފޯޑެއްގެ ފަރާތުން ފެންނަން ޖެހޭ ހުރިހާ ކަމެއް ރޮނާލްޑޯގެ ފަރާތުން ފެންނަމުން ދަނީ." ސޮލްޝެއަރ ބުންޏެވެ.
ރޭ އެޓަލާންޓާއާއި ދެކޮލަށް ކުޅުނު މެޗުން ޔުނައިޓެޑް ފަހަތުން އަރާ މޮޅުވިއިރު، އެޓީމު މޮޅުވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ. ރޭގެ މޮޅާއި އެކު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ޔުަނއިޓެޑް އޮތީ އެޓީމު ހިނެމޭ ގުރޫޕް އެފްގެ އެއްވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް