ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުކުޑަރިކިލު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު 14.7 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މި މަސަައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ. ހޯގާރޑް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި މަސއްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ޙަމީދު އެވެ. އެމް.ޓީ. ހޯގާރޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްޑްބޯރގް ސްްްްްްްްކާރަޕް އެވެ.
180 ދުވަސް ތެރޭގައި ނިިިންމުމަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން އެރަށުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓަރ އާއި 150 މީޓަރުގެ އެއް ބްރޭކް ވޯޓަރ، ޤާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރަށުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތު ގޮނޑުދޮށަށް ފަސް އަޅައި ބީޗް ޕްރޮފައިލް ކުރުން ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ކުޑަރިކިލުގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް