ފަނޑިޔާރުންގެ ތެރެއިން ޖާމިވާ ގޮތް ސާފުވެވަޑައި ނުގެންނަވަނީ ދަށު ކޯޓުގެ އެންމެ ގާޒީއަކަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.
މި ޓުވީޓު ކުރެއްވާފައި މިވަނީ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ ކޮއްކޮއާއި ދައްތައެއް ޖާމިނުވާ ގޮތަށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އިއްޔެ ނިންމާފައިވަނިކޮށެވެ އެ ގާޒީ އަކީ ޔޫތް މިނިސްޓްރީގެ ސްޓޭޓތް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު ވާގޮތަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވި ގާޒީ އެވެ.ދ
ޝަމީމްގެ ޓުވީޓުގައި ވިދާޅުވީ ކަފާލާތުގައި ޖާމިނު ކުރާނެ ވަކި ގޮތެއް ގާނޫނުގައި ބަޔާން ކޮށްފައި ވަނިކޮށް، އެ ނޫން ގޮތަކަށް މައްސަލަ ނިންމުމުން ޖެހޭނީ ހައި ކޯޓަށް ދާން ކަަމަށެވެ. އެންމެ ގާޒީއެއްގެ ސަބަބުން ގިނަ ވަގުތުތަކެއް ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/HuShameem/status/1451043428217724930
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް