ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާތާ ހަތަރުވަރަކަށް ދުވަސް ވެއްޖެ އެވެ.
ދެމަފިރިންނާއި ދެދަރިން ޗުއްޓީ ހޭދަ ކުރަމުންދަނީ ސޮނޭވާ ފުށީގައި އެވެ. ޗުއްޓީގެ ތެރެއިން ނަގާފައިވާ ރީތި ފޮޓޯތައް ޝާހިދާއި މީރާ އިންސްޓަގްރާމްމެދުވެރިކޮށް ހިއްސާ ކުރަމުންދާއިރު ގިނަ ބައެއްގެ ސަމާލުކަން އެޕޯސްޓުތަކަށް ވަނީ ހުއްޓިފަ އެވެ.
މިއަދު މީރާގެ ސްޓޯރީ އަޕްޑޭޓް ކޮށްފައިވަނީ ހެނދުނު ހޭލިވަގުތު އެވެ. މީރާގެ ސްޓޯރީއަށް ލާފައިވާ ކުރު ވީޑިއޯގައި ފެންނަނީ އެމީހުން ތިބޭ ވޯޓާ ބެންގަލޯގެ ފުރާޅު ކެހޭގޮތަށް އިންނަ ބައި ރިމޯޓުގެ އެހީގައި ކަހާލާތަނެވެ.
މީރާ ބުނީ އޭނާ ބޭނުންވަނީ އަދި ނިދަން ކަމަށެވެ. އެކަމަކު ހޭލައްވާލަން ޝާހިދު ބޭނުން ކުރި އުކުޅަކީ އިރުގެ އަލި ސީދާ އޭނާ ގަޔަށް އެޅޭނެ ގޮތަށް ފުރާޅު ކަހާލުން ކަމަށެވެ.
އޭސީ ނިއްވާލަންވެސް އެއީ ރަނގަޅު އުކުޅެއް ކަމަށް މީރާ ބުނެފައިވެ އެވެ.
https://www.instagram.com/p/CVQNQTRpEXv/
https://www.instagram.com/p/CVC0KJyl9Nu/
މީރާ ބުނީ ރާއްޖޭގައި އެންމެ އުފާވަނީ އޭނާ އާއި ޝާހިދުގެ ދެ ކުދިން ކަމަށްވާ މިޝާ ކަޕޫރާއި ޒައިން ކަޕޫރުގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުމުން ކަމަށެވެ. އަދި އިރު އަރާއި މަންޒަރާއި ރީތި ދޮންވެލި ގޮނޑުދޮށަކީ ގަޔާވާ ތަންތަން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް