ރާއްޖެ އަށް އައި ގުޑުގުޑާ ދޫނިތައް ގެންގުޅެން ވަކި ސަރަހައްދެއް ހަމަޖައްސައި ސިއްހީ ހާލަތު ބަލަހައްޓަން ޑޮކްޓަރަކު ހަމަޖައްސައިފި އެވެ.
މޫސުމީ ބަދަލާއެކު ރާއްޖެ ޒިޔާރަތްކުރި ގުޑުގުޑާ ދޫނިތަކުގެ ތެރެއިން ހއ. ބާރަށައް ދިޔަ ދޫނިތަކުގެ ތެރެއިން އެރަށު މީހަކު ހިފާ ފިޔަކޮށާލާފައި އިން ދޫންޏެއް މިއަދު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވެއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަޢޫލޫމަތު ދޭގޮތުގައި ގުޑުގުޑާ ދޫނި ޖައްވުގެ ތެރެއަށް ދޫކޮށްލި ނަމަވެސް އުދުހިގެން ދެވޭނެ ގޮތެއް ނެތެވެ. އެހެންވެ ސަރުކާރުގެ ބެލުމުގެ ދަށުގައި ގުޑުގުޑާ ދޫނި ބައިންދައިގެން ރިހިބިލިޓޭޝަން ދެވޭނެ އިންތިޒާމް ސިފައިންގެ ބެލުމުގެ ދަށުން ޅ. މާކޯ ކުޅީގައި ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މި ދޫނީގެ ހާލަތު ބެލުމަށްޓަކައި އެޓޯލް ވޮލެންޓިއާސްގެ ފަރާތުން ޖަނަވަރުންގެ ޑޮކްޓަރެެއް ވަނީ މިހާރު ހަމަޖައްސާފައެވެ. އަދި ޖަނަވާރުންގެ ޑޮކްޓަރ ގުޑުގުޑާ ދޫނީގެ ސިއްހަތު ރަނގަޅުތޯ ބަލާނެ ކަމުގައި ބުންޏެވެ.
ހިޖުރަކުރާ ދޫނިތައް ހިފައި ހައްޔަރުކޮށް، އެއްވެސް ގޯނާ އެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނޫނާއި ޤަވާއިދުގެ ދަށުން މަނާ ކުރާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް