އެމްޕީބީއޭ 10 ބޯލް ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން ޝާޒާއި ފާތީއަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފި އެވެ. މިމަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށް ނެޝަނަލް ...

21 Oct 2021 | 07:48

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފި އެވެ.

މިމަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށް ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގައި ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިން ވާދަކުރި އެވެ.

ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޝާޒް ވަނީ މުހައްމަދު ޝަރީފް އަތުން 9-7 ފްރޭމުން މޮޅުވެފައެވެ. އަދި އަންހެން ޑިވިޝަނުގެ ފައިނަލުގައި އާމިނަތު އަޒްރާ އަތުން ފާތީ މޮޅުވީ 7-2 ފްރޭމުން ނެވެ.

އެ މެޗުތަކަށްފަހު ސީނިއާ ބިލިއާޑް ކުޅުންތެރިޔާ ކެޕްޓަން ހަސަން ރާޖޭޝް މޫސާ އާއި އެމްޕީބީއޭގެ ޗެއާޕާސަން އަހުމަދު ނާސިފް ވަނީ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 8 ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ޝާޒް، ރަނަރަޕް ޝަރީފް، ހުސައިން ފަޔާޒް، ހަސަން ޝަފްރާޒް، އިސްމާއިލް ސުވައިދު، އަހުސަން ހާޝިމް، އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފާތީ، ރަނަރަޕް އަޒްރާ، އާމިނަތު ހަލީމް، ފަޒްނާ މޫސާ އަދި ދީނާ އަހުމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް