ގުޑުގުޑާ ދޫނި ވިއްކަން އުޅުނު މީހަކު ހޯދައި، ދޫނި އަތުލައިފި

ރާއްޖެ ހިޖުރަކޮށްގެން އުޅޭ ގުޑުގުޑާ ދޫނި ހިފުމަށްފަހު ވިއްކަން އުޅުނު މީހުންގެ ތެރެއިން އެކަަކު ދެނެ ގަނެ ވިއްޖެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ގުޑުގުޑާ...

21 Oct 2021 | 07:08

ރާއްޖެ ހިޖުރަކޮށްގެން އުޅޭ ގުޑުގުޑާ ދޫނި ހިފުމަށްފަހު ވިއްކަން އުޅުނު މީހުންގެ ތެރެއިން އެކަަކު ދެނެ ގަނެ ވިއްޖެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގުޑުގުޑާ ދޫނި ހިފާ ވިއްކަން ބައެއް ފަރާތްތަކުން މަސައްކަތް ކޮށް ފައި ވަނީ ހިޖުރަކުރާ ދޫނި ހިފާ ވިއްކުމަކީ މަނާ ކަމެއްކަން އީޕީއޭ އިން ހަނދާންކޮށްދީފައި ވަނި ކޮށެވެ. މިފަހަރު މޫސުމީ ބަދަލާއިި އެކު ގުޑުގުޑާ ދޫނި އައިސްފާ އުތުރުގެ ރަށްތަކުގެ ތެރޭގައި ހއ. ބާރަށް، ފިއްލަދޫ އަދި ހދ. ކުޅުދުއްފުށީ ސިޓީ ހިމެނެ އެވެ.

އޭގެ ތެރެއިން ބާރަށައް ޖެއްސި ގުޑުގުޑާ ދޫނި ތަކެއް އެ ރަށު ބަޔަކު ވަނީ އެކި އާލާތް ބޭނުންކޮށްގެން ހިފާފަ އެވެ. އަދި ބޮޑު އަގުގައި ދޫނި ވިއްކަން ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްފައިވެ އެވެ. އެކަކު ކޮށްފައިވާ ޕޯސްޓެއްގައި ގުޑުގުޑާ ދޫންޏެއް ވިއްކަން ޖަހާފައިވަނީ30،000 ރުފިޔާ އަށެވެ.

މި މައްސަލަ އީޕީއޭއިން ބަލަން ފެށިކަން ހާމަކޮށްފައިވާއިރު މިއަދު ބުނީ އޭގެ ތެރެއިން އެއް ޕޯސްޓު ކޮށްފައިވާ މީހާ ހޯދައި ދޫނި އަތުލާފައިވާ ކަމަށެވެ. އެ ދޫނި މިހާރު ހުރީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އީޕީއޭއިން މީޑިއާގައި ބުންޏެވެ.

އީޕީއޭ އިން މީގެ ދެހަފްތާ ކުރިންކުރި ޢިއުލާނުގައި ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު 93/4 ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދާއި ޤުދުރަތީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއި ބެހޭ ޤަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މި މޫސުމުގައި ޒިޔާރަތްކުރަމުންދާ ދޮންދޫންޏާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ދިރުންތަކެއް ކަމުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާ ކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް