އާއިލާއިން ޖާމިނުވާގޮތަށް އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން އިސްތިއުނާފު ކުރަނީ

ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އާއިލާއިން ޖާމިނުވާގޮތަށް އައްމަޓީ ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފު ކުރަން ނިންމައިފި އެވެ. ޕީޖީ ...

21 Oct 2021 | 06:46

ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އާއިލާއިން ޖާމިނުވާގޮތަށް އައްމަޓީ ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ޕީޖީ ޝަމީމްއާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ބުނެފައިވަނީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ހައުސިންގ ޔުނިޓުތަކެއް އިމާރާތް ކުރުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލީ އޭނާގެ ކޮއްކޮ އާއި ދައްތަ ޖާމިނު ކުރުމަށްފަހު އެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޖިނާއީ އިޖުރާތާއި ޝަރީއަތް ކުރުމުގެ ގާނޫނު ތަން ނުދޭ ކަމަށެވެ.

ދައުލަތުގެ ވާހަކަ ނިމުމުން އައްމަޓީގެ ފަރާތުން ޖާމިނު ވުމަށް ހުށައަޅާފައިވަ އަފީފާ މޫސާ އާއި މަރިޔަމް ނައީމާ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަފީފާ މޫސާ އަކީ، އައްމަޓީގެ އެއްބަޑު އެއްބަފާ ކޮއްކޮ އެވެ. މަރިޔަމް ނައީމާ އަކީ އައްމަޓީގެ އެއްބަޑު އެއްބަފާ ދައްތަ އެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދައުލަތުގެ އެ ސުވާލާ ގުޅިގެން ވިދާޅުވެފައި ވަނީ، ޖާމިނު ވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް