ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޯވިޑް-19 ފެތުރެމުން އެބަދެ އެވެ.
އެތަނުގައި ބަލި ފެތުރެމުންދާކަން އެނގިފައިވަނީ ބަލިވެގެން އެ ރަށު ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ތިން މީހަކު ޕޮސިޓިވްވުމާއި ގުޅިގެން ނެގި ސާމްޕަލް ތަކުންނެވެ.
ގުރައިދޫ ކައުންސިލުން ބުނީ އެ ކޭސްތަކާއި ގުޅިގެން އެ މަރުކަޒުން ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލްތަކެއް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިހާަނަށް ޓެސްޓު ކުރި 50 ސާމްޕަލުން 15 ސާމްޕަލް ޕޮސިިވްވެފައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ފަސް މީހަކު އަލުން ކޯވިޑަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށް ގުރައިދޫ ކައުންސިލުން މައުލޫމާތުދެ އެވެ.
މި ކޭސްތަކާއި ގުޅިގެން ވަަނީ ކޯވިޑް ފިޔަވަޅުތަކަށް ރައްޔިތުން އަމަލު ކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް