ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެޝިލިޓީގައި ފަރުވާ ދެމުންދިޔަ 44 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭ މެންދަމު 03:15 ގައެވެ.
މިއާއެކު މިބަލީގައި ރާއްޖެއިން މިހާތަަނަށް ނިޔާވިމީހުންގެ އަދަދު ވަނީ 240 އަށް އަރާފައެވެ.
ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 17 ބިދޭސީންނާއި 223 ދިވެހިންނެވެ.
ރާއްޖެއިން މިހާތަަނަށް ކޮވިޑް ޖެހިފައިވަނީ 86،419 މީހުންނަށެވެ. އަދި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 84،856 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް