ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިއްޖެ

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފި އެވެ. މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު...

21 Oct 2021 | 04:52

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފި އެވެ.

މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

އެމްޓީސީސީން ހާމަ ކުރާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމާއި 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ.

މިއީ 85.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް