ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމަނަން ނިންމައިފި

އަންނަ އަހަރުގެ ބަޖެޓުގައި ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން، ހިމަނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ...

21 Oct 2021 | 04:48

އަންނަ އަހަރުގެ ބަޖެޓުގައި ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން، ހިމަނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އިއްޔެ އަރި އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އއ. އުކުޅަހުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އުކުޅަހުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޙިދުމަތް ނުލިބުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގައި ޕްރޮފެޝަނަލް ޑޮކްޓަރުން ލިބުން ދަތިވާ މައިގަނޑު ސަބަބަކީ ޑޮކްޓަރުންނަށްދޭ މުސާރަ ކުޑަވުމެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓަކަށް ދެނީ 3000 ޑޮލަރެވެ. މި ރީޖަން އިން ބަލާލާ ނަމަވެސް އެއީ ކުޑަ މުސާރައެއް ކަމުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ރާއްޖެއަށް ގެންނަންޖެހެނީ އަގުހެޔޮ ކޮށް ލިބޭ ޑޮކްޓަރުން ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ. އަދި ޕްރޮފެޝަނަލް ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެވޭނީ މުސާރަ ބޮޑުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ މުސާރަ ބޮޑު ކުރުމަށާއި އަދި ސްޕެޝަލިސްޓް ޑޮކަޓަރުން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގެ ޑޮކްޓަރުންގެ އިތުރުން ތަޢުލީމީ ދާއިރާގައި އުޅުއްވާ ފަރާތްްތަކުގެ މުސާރަވެސް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް