އިންޑީއާގެ ކެރެލާ ސްޓޭޓްގެ ކޮއްލަމް ޑިސްޓްރިކްޓުގެ ސޫރަޖް ކުމާރު ކިޔާ މީހަކު މިދިޔަ ހަފްތާގައި ވަނީ މީހަކު މެރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށް ލާފަ އެވެ.
އޭނާ މަރާލާފައިވަނީ އަމިއްލަ އަނބިމިހާ އުތްރާއެވެ. އޭނާ އުތްރާ މަރާލީ ވިހަ ގަދަ ހަރުފައެއް ކަމަށްވާ ކޯބްރާއެއް ބޭނުން ކޮށްގެންނެވެ.
މި މައްސަލައިގަ ފުލުހުން ސޫރަޖާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގައި ބުނެފައިވަނީ އެދެމަފިރިންނަށް ދަރިއަކު ލިބުނު ފަހުން 2019 ވަނަ އަހަރުން ފެށިގެން ސޫރަޖް އުތްރާ މަރާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަރަށް ބޮޑަށް ދިރާސާކޮށް ހަދައިގެން ތިން ހަމަލާއެއް ދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އުތްރާ މަރުވެފަ ވަނީ ތިން ވަނަ ހަމަލާގައި ކަމަށެވެ.
އެންމެ ފުރަތަމަ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޫރަޖްގެ ގޭގައި ދެމީހުންގެ ކޮޓަރި ހުންނަ ފަންގިފިލާގެ ބިން މަތީގައި ހަރުފަ ބޭއްވުމަށް ފަހު ފޯނު ނަގައިދޭން ދިނުމަށް ގޭ ދޮރުމަތީގައި ހުރެ އުތްރާ ކައިރިން އެދުނު ކަމަށެވެ. އެ ދުވަހު ހަރުފަ އާއި ކައިރިވުމުގެ ކުރިން އުތްރާއަށް އެ ފެނިގެން ހަޅޭއްލަވައިގަތުމުން ސޫރަޖް މައްޗަށް އަރައި ހަރުފަ އެއްލާލަށް ކަމަށް ހަދާފަ ހިފައިގެން ނުކުތީ ކަމަށް ބުނެ އެވެ.
ދެ ވަނަ ހަމަލާ މާ ގިނަ ދުވަސް ނުކޮށް ދިނީ އުތްރާ ނިދާފަ އޮތްވަ އެވެ. އެރޭ ހަރުފަ ދަތް އެޅުމާއި އެކު އުތްރާއަށް ހޭލެވުނީ އެވެ. ސޫރަޖް އެރޭ ހަރުފަ ކުޑަދޮރުން އެއްލާލުމަށް ފަހު އުތްރާ ހޮސްޕިޓަލަށް ގެންދިއުމަށް އާއިލާ މީހުންނަށް ގުޅައިގެން މަސައްކަތް ފެށި ކަމަށްވެ އެވެ.
ހަމުގެ އޮޕަރޭޝަނަކާއި އެކު އުރްތާގެ ފުރާނަ އެފަހަރު ސަލާމަތް ކުރެވުނީ ތިން އޮޕަރޭޝަނެއް ކޮށްގެން 52 ދުވަހުންނެވެ. ހޮސްޕިޓަލުގައި އެހާ ދުވަހު އޮތް އިރުވެސް ސޫރަޖް މަސައްކަތް ކޮށްފައިވަނީ ދެން ހަރުފަ ބޭނުން ކޮށްގެން ހަމަލާ ދޭން މޮޅު ގޮތްގޮތް ހޯދަން ކަމަށް އޭނާގެ އިންޓަނެޓްގެ ހިސްޓްރީ ބަލައި ތަހުގީގު ކުރުމަށް ފަހު ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
ދެވަނަ ހާދިސާ އާއި ގުޅޭގޮތުން އުތްރާގެ މައިންބަފައިން ބުނެފައިވަނީ އެ ހަމަލާ ސީރިއަސްކޮށް ނުނެގީ ކެރެލާގައި ހަރުފަ ދަތް އެޅުމަކީ އާންމުކޮށް ހިނގާ ކަމަށްވާތީ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުުގައި އިންޑިއާގައި އަހަރަކު 60 ހާހަށްވުރެ ގިނަ މީހުން ހަރުފަ ވިހަވެގެން މަރުވެ އެވެ.
ތިން ވަނަ ހަމަލާ މިއަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ އުތްރާއަށް ދީ މަރާލީ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި އުޅެނިކޮށް ގޮހެވެ. ފުލުހުން ބުނީ ސޫރަޖް އުތްރާ ހޮސްޕިޓަލްގައި އޮއްވަ ތިން ވަނަ ހަމަލާ ދޭން ކޯބްރާ ގަތީ 7،000 އިންޑިއަން ރުޕީސްއަށްް ކަމަށެވެ. އަދި އޭގެ 13 ދުވަސް ފަހު އުތްރާގެ ގެއަށް ސޫރަޖް ދިޔައީ އަންހެނުން ގެއަށް ގެންދަން ބަލާ ކަމަށް ހަދައިގެންނެވެ.
އެރޭ އުތްރާ ނިދާފައި އޮއްވަ ދެ ފަހަރު ހަރުފަ އޭނާ ކައިރިއަށް ދޫކޮށްލުމުންވެސް އުތްރާއަށް ހަމަލާ ނުދީ ދިޔައީ ކަމަށް ސޫރަޖް ތަހުގީގުގައި ބުނެފައިވެ އެވެ. ތިން ވަނަ ފަހަރު ހަމަލާ ދިނީ ކޯބްރާގެ އަނގަމައްޗަށް ވާގޮތަށް ފިތާލުމަށް ފަހު ދޫކޮށްލުމުން ކަމަށް ބުންޏެވެ.
މި މައްސަލައިގަ ކޯޓުގައި ވާހަކަދައްކަމުން ހަރުފަ ވިއްކާ މީހުންނާއި ޖަނަވާރުންނާއި ގުޅޭ ތަޖުރިބާކާރުން ބުނެފައިވަނީ ކޯބްރާ އަކީ ރޭގަނޑު މާ ހަރަކާތްތެރިކޮށް އުޅޭ އެއްޗެއް ނޫން ކަމަށާއި ރޭގަނޑު އޭތި އަބަދުވެސް އޮންނާނީ އަނދިރި ތަންތަނުގައި މަޑުން ކަމަށެވެ. އަދި ކޯބްރާގެ ހަމަލާއެއް މީހަކަށް ނުވަތަ އެއްޗަކަށް ދުވާލުވިޔަސް އަންނާނީ އެއަށް އުނދަގޫވާ ނުވަތަ ގެއްލުންވާ ގޮތަށް ކަމެއް ކުރުމުން ކަމަށްވާތީ ކޯބްރާ އުތްރާއަށް ހަމަލާ ދިނީ ސޫރަޖް އޭގެ އަނގަޔަށް ފިތާލުމުން ކަމާއި މެދު ޝައްކެތް ނެތް ކަމަށެވެ.
ސޫރަޖް ތަހުގީގުގައި ބުނީ ދެ ވަނަ ހަމަލާގައި ހަރުފަ ދަތް އެޅުމުން ހޭލެވިފަ ވާތީ އޭނާ އެރޭ ނިދުމުގެ ކުރިން ނިދާ ބޭސް އަޅައި ކިރުތައްޓެއް ބޯންދީފައިވާނެ ކަމަށެވެ. އަނެއް ދުވަހު މަރުވަފއައި އޮތް އުތްރާ ހޮސްޕިޓަލަށް ގެންދިއުމުން އޭނާގެ މަރުގެ މައްސަލަ ހޮސްޕިޓަލުން ފުލުހުންނަށް ހުށަހެޅީ ހަރުފަ ދަތް އެޅުމުގެ އިތުރުން ނިދާ ބޭސް ކައިފަ ހުރިކަން ޓެސްޓުތަކުން ދެއްކުމުން ޝައްކު ކުރެވިގެންނެވެ.
ފުލުހުންގެ ތަހުގީގުގައި ސޫރަޖްގެ ފޯން ރެކޯޑާއި އިންޓަނެޓް ހިސްޓްރީ ބަލާފައިވާއިރު އޭގެން 2019 ވަނަ އަހަރުން ފެށިގެން އިންޓަނެޓް މެދުވެރިކޮށް ހަރުފަ ގެންގުޅޭނެ ގޮތާއި ހަރުފައަށް އަނިޔާ ވީމަ ކަންތައް ކުރާ ގޮތާއި އެންމެ ފަސޭހައިން އިންސާނުން މަރުވާނީ ހަރުފަ ކޮންތާކު ދަތް އެޅުމުންކަން ހޯދާފައިވާކަން އެނގިފައިވެ އެވެ. އަދި އެންމެ ވިހަގަދަ ހަރުފަ އަކީ ކޮބައިކަމާއި އޭގެ ވިހަ ގަދަ ވަރުވެސް ސޫރަޖް އިންޓަނެޓް މެދުވެރިކޮށް ހޯދާފައިވެ އެވެ.
ފުލުހުން ބުނީ ހަރުފައެއް ބޭނުން ކޮށްގެން އުތްރާ މަރާލަން ސޫރަޖް ބޭނުންވީ އެހެން ކައިވެންޏެއް ކުރުމަށެވެ. އެ ދެމީހުން ކައިވެނި ކުރީ ކައިވެނި ކުރާ މީހުންހޯދައިދޭ ސައިޓުތައް މެދުވެރިކޮށެވެ.
ސޫރަޖަކީ ކޮއްލަމް ޑިސްޓްރިކްޓުގެ ބޭންކެއްގައި މަސައްކަތް ކުރާ މީހަކަށް ވާއިރު އޭނާ އަންހެނުންނަކީ ކިޔެވުމުގައި ކޮށި މީހަކަށް ވާތީ ކުރިޔަށް ނުދެވިފަ ހުރި މީހެކެވެ. އެހެންވެ އުތްރާގެ އާއިލާގެ އެދުމަށް ސޫރަޖު އޭނާ އާއި ކައިވެނި ކުރީ އުތްރާގެ ޒިންމާ ނަގާތީ މަހަކު8،000 ރުޕީސް ދޭ ގޮތަށް ޑައުރީގެ ގޮތުގުގައި ސައިކަލަކާއި768 ގްރާމުގެ ރަނާއި ހަތަރު ލައްކަ ރުޕީސް ދިނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް