ރަތަފަންދޫގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި، ދެ މީހަކަށް އަނިޔާވި

ގދ. ރަތަފަންދޫގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ދެ ބައެއްދެ ދެމެދުގައި އެ ރަށުގައި މާރާމާރީ ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ކުރީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. މި މާރާމާ...

21 Oct 2020 | 07:50

ގދ. ރަތަފަންދޫގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެ ބައެއްދެ ދެމެދުގައި އެ ރަށުގައި މާރާމާރީ ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ކުރީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.

މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އެމީހުންނަށް ފަރުވާ ދީފައިވަނީ ރަތަފަންދޫ ސިއްހީ މަރުކަޒާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން މި ހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 21 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި ހަފްތާގައި އައްޑޫ ސިޓީ ހިތަދޫގައިވެސް ދެެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެފައިވެ އެވެ. އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ކަތިވަޅި ހަރާފައިވާއިރު ދެ އިނގިއްޔެއް އެއްކޮށް ބުރިކޮށްލާފައިވެ އެވެ.

މި މާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކަކެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް