އިންޑިއާގެ ޓީވީ ތަރި އަދި ހޯސްޓް، ޑިމްޕީ ގަންގޫލީވެސް އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ޑިމްޕީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ފިރިމީހާ އާއި ދެ ދަރިންނާއެކުގައެވެ.
ނަމަވެސް ޑިމްޕީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން ސާފެއް ނޫނެވެ.
ޑިމްޕީ ގަންގޫލީއަކީ 2016 އާއި ހަމައަށް ވަރަށް އެކްޓިވްކޮށް ހިންދީ ބައެސް ޓީވީ ސީރީޒް އާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަރާތެކެވެ. އެގޮތުން ބިގްބޮސް އަށެއް ފާހަގަކޮށްލެވެއެވެ.
ޑިމްޕީގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ބޮލީވުޑް ތަރި ވަރުން ދަވަންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ނިހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭދީވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް