ހެލްތް މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމުގައި ކަންތައްތަކުގައި ކޮރަޕްޝަން ހިންގި އެންމެނާ މެދު ރައްޔިތުންގެ މަޖިލިސް އިން ފާރަވެރިވާން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިގެ ބަލީގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީގެ11 ބޭފުޅަކު ކޮރަޕްޝަން ހިންގި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ތަހިގީގީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް މި ރިޕޯޓު ޕީޖީ އޮފީހުން ވަނީ އަނބުރާ އޭސީސީއަށް ފޮނުވައިފަ އެވެ. ސަބަބެއް ކަމަށް ބުނީ، އެ ރިޕޯޓުގައި އެ11 ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ސާބިތު ކުރެވޭނެހާ ހެކި ނެތިގެން ކަމަށެވެ. ނަމަވެސް އޭސީސީއިން ބުނެފައިވަނީ އެ ރިޕޯޓާއެކު ހެކި ހުށަހެޅި ކަމަށެވެ.
އެ ކޮރަޕްޝަންގައި އެންމެ ބޮޑު ތުހުތަމެއް ކުރެވުނީ މިނިސްޓަރު އަބްދުﷲ އަމީންއަށެވެ. އޭނާ ވަނީ ރޭގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މީހުންނަށް ހައްގު އަދަބު ދީ އަދި ދައުލަތަށް ގެއްލުނު ފައިސާ ހޯދެންދެން މަޖިލީހުން ފާރަވެރިވާން ޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މެމްބަރުން ރައްޔިތުންނަށް ވި ވައުދަކީ ކޮރަޕްޝަނަށް ޖާގަ ނުދިނުން ކަމަށް ވެސް ނަޝީދު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި މެމްބަރުން ތިބީ އެގޮތުގައި ކަމަށް ވެސް ގަބޫލުކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް