ޝަހީމް ވިދާޅުވަނީ މަޖިލީހުން އުޅެނީ ބިރު ދައްކަން ކަމަށް!

ކޮންމެ މަގާމެއްގައި ހުއްޓަސް އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އުޅެނީ މީހުނަށް ބިރު ދައްކަން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓް...

21 Oct 2019 | 08:09

ކޮންމެ މަގާމެއްގައި ހުއްޓަސް އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އުޅެނީ މީހުނަށް ބިރު ދައްކަން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ޝަހީމް ފާޑުވިދާޅުވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުން މައްސަލައެއް ބަލަން ފަށާފައި ވަނިކޮށެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މަގާމެއްގައި ހުރި މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ ކަމަށާއި އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

https://twitter.com/Mohamedshaheem1/status/1186146115730706432

މަޖިލީހުގެ މަގުސަދާ މެދު ޝަހީމް ސުވާލު އުފައްދަވާފައިވާ އިރު އޭނާ ވަނީ މަޖިލީހުން އުޅެނީ މީހުނަށް ބިރު ދައްކަން ކަމަށް ތުހުމަތު ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެފަދައިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑު ވިދާޅުވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ވިދާޅުމަކަށްތޯ ބައްލަވައިދެއްވުމަށެވެ.

އެ މައްސަލަ ބަލަން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް