އިސްލާމިކް އޯރގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑުވިދާޅުވާ މައްސަލައެއް ބަލަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެފަދައިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑު ވިދާޅުވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ވިދާޅުމަކަށްތޯ ބައްލަވައިދެއްވުމަށެވެ.
އެ މައްސަލަ ބަލަން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
ޑރ. ޝަހީމްގެ މައްސަލައެއް މަޖިލީހުން ބަލަމުންދާއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި އެޖަމިއްޔާ އަށް ފިޔަވަޅު އެޅުން ލަސްވާތީ އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް