އައިޑޮލްގެ ބައިވެރިއަކު ދޮނެއް ދިނުމުން ނެހާ ހިތްހަމަނުޖެހިއްޖެ

އިންޑިއަން އައިޑޮލް ސީޒަން 11 ގެ ބައިވެރިއަކު ގަދަކަމުން ލަވަކިޔުންތެރިޔާ ނެހާ ކައްކަރުގެ ކޮލަށް ދޮނެއް ދިނުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ. އައިޑޮލްގެ ޖަޖެއްގެ ގޮތުން އެ ޝޯވ އިން ދެވަނަ ސީޒަނެއްގައ...

21 Oct 2019 | 04:35

އިންޑިއަން އައިޑޮލް ސީޒަން 11 ގެ ބައިވެރިއަކު ގަދަކަމުން ލަވަކިޔުންތެރިޔާ ނެހާ ކައްކަރުގެ ކޮލަށް ދޮނެއް ދިނުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.

އައިޑޮލްގެ ޖަޖެއްގެ ގޮތުން އެ ޝޯވ އިން ދެވަނަ ސީޒަނެއްގައި ނެހާ ފެންނަމުން ދާއިރު، މިއީ މިފަދަ ގޮތަކަށް އޭނާ ހިތްހަމަނުޖެހުނު ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އެބައިވެރިޔާ އެ ޝޯވ ގައި ބައިވެރިވީ ނެހާ އާއި ބައްދަލުކުރަން ކަމަށާއި އޭނާ ސްޓޭޖަށް ދިޔައީ ނެހާ އަށް ހަދިޔާއެއް ހިފައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަދިޔާ ދިނުމުން ނެހާ ލޯބިން ބައިވެރިޔާ ގައިގައި ބައްދައިލަން އުޅުނު ވަގުތު އޭނާގެ ކޮލަށް ބައިވެރިޔާ ދޮނެއް ދޭ މަންޒަރު އާންމުވެފައިވާ ވީޑިއޯއަކުން ފެނެއެވެ. ނެހާ ހިތްހަމަނުޖެހުނުކަން ފާޅުވުމުން ބައިވަރިޔާ ހުއްޓުވީ ޝޯވ ހޯސްޓުކުރަން ހުރި އަދިއްތިޔަ ނާރަޔަން އެވެ.

ރިއަލިޓީ ޝޯވ ތަކަށް ހަމައެކަނި ޖަޖުންނާ ބައްދަލުކޮށްލަން ވެސް ގިނަ މީހުން ބައިވެރިވާކަން ފާހަގަކުރެވެއެވެ. މިފަދަ ޝޯވތަކުގެ ޒަރީއާއިން އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާކޮށް ޖަޖުން ރޮއްވާލާ މަންޒަރު ވެސް ފެނެއެވެ. ނެހާ އަކީ ވަރަށް އަވަހަށް އިމޯޝަނަލްވާ މީހެއް ކަމަށް އޭނާ ވަނީ ކުރިން ބުނެފައެވެ.

ނެހާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އަޑެވެ. މިފަހުން ނިކުންނަ ގިނަ އައިޓަމް ލަވަތަކުން ވެސް އިވިގެން ދަނީ ނެހާގެ އަޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް