ކައިވެނި ކުރަންވެއްޖެތޯ އަހާލަން ޖެހޭނީ މަންމަ ކައިރީ: ކާތިކް

ކައިވެނި ކުރާވަރު ވެއްޖެތޯ އަހާލަން ޖެހޭނީ މަންމަ ކައިރީ ކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ކާތިކް އާރްޔާން ބުނެފިއެވެ. ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް "ޕަތީ ޕަތްނީ އޯރް ވޯހ"ގެ މަސ...

21 Oct 2019 | 04:00

ކައިވެނި ކުރާވަރު ވެއްޖެތޯ އަހާލަން ޖެހޭނީ މަންމަ ކައިރީ ކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ކާތިކް އާރްޔާން ބުނެފިއެވެ.

ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް "ޕަތީ ޕަތްނީ އޯރް ވޯހ"ގެ މަސައްކަތާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ކާތިކް ބުނީ، ކައިވެނި ކުރަންވުމުން އިނގޭނީ މަންމައަށް ކަމަށާއި، ފުރަތަމަ ޖެހޭނީ މަންމަ ކައިރީ އަހާލަން ކަމުގައެވެ.

އުމުރުން 28 އަހަރުގެ ކާތިކް ބުނިގޮތުގައި، މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ މަސައްކަތަށް ސަމާލުކަން ދޭށެވެ. ކައިވެންޏެއް ކުރަން ވިސްނާނީ އަދި ފަހުން ކަމުގައި އޭނާ ބުންޏެވެ.

ކާތިކް އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސާރާ އަލީ ޚާން އާއެވެ. ނަމަވެސް އެ ދެތަރިން ވަނީ ދާދި ފަހުން ވަކިވެފައެވެ. ސާރާ އާއި ކާތިކްގެ ގުޅުން މާ ދިގުލައިގެން ނުދިޔަ ނަމަވެސް، އެމީހުން ދެމިތެބޭނީ ރާއްޓެހިންގެ ގޮތުގައި ކަމަށް ސާރާ ވަނީ ބުނެފައެވެ. އެމީހުން ވަކިވީ “ޕްރޮފެޝަނަލް” ސަބަބުތަކަކާއި ހުރެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެ ތަރިން މިހާރު ވެސް ދަނީ އެމީހުން އެކީގައި ފެނިގެންދާނެ “އާޖް ކަލް” ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ކުރަމުންނެވެ.

ކާތިކް ބޮލީވުޑަށް ތައާރަފްވީ 2013 ވަނަ ރިލީޒްކުރެވުނު "އާކާޝް ވާނީ" ފިލްމުންނެވެ. ފުރަތަމަ ދެއަރަހު އެހާ ކާމިޔާބު ނޫން ނަމަވެސް ކާތިކް ބޮލީވުޑްގައި ވިދައިލީ 2015 ވަނަ އަހަރު ރިލީޒްކުރެވުނު "ޕިޔާރްކާ ޕަންޗް ނާމާ" އިންނެވެ. ކޮމެޑީ ރޯލަކުން އޭނާ ފެނިގެންގޮސްފައި ވާއިރު، ކާތިކް އާއި ގުޅެނީ ވެސް މަޖާ ރޯލުތައް ކަމަށް ގިނަބަޔަކު ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް