ސޯސަންމަހުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު 01:12 ހާއިރު ކަމަށެވެ. މި ހާދިސާގައި ތިން މ...

21 Sep 2026 | 04:05
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވޭ --

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވޭ --

މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު 01:12 ހާއިރު ކަމަށެވެ.

މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.

މީގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް