ގދ. މަޑަވެލި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.
މަދަވެލި މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށާއިި ކޯޒްވޭއަކުން ގުޅާލާފައިވާ ހޯނޑެއްދޫއިން ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމުންނެވެ. މަޑަވެލި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެއްޗީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރަށުގައި ބަލި ނުފެތުރޭކަން ޔަގީން ކުރަން ރަށުތެރެއިން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލްތަކެއް ނަގައި ޓެސްޓުކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް މަޑަވެލިން 51 ސާމްޕަލެއް ޓެސްޓު ކޮށްފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ނަޒްލާ ވިދާޅުވީ މޮނިޓަރިންއިން އެ ރަށް ނަގަން ނިންމީ އިއްޔެ ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުން ކަމަށެވެ. އަދި މިހާތަނަށް އެ ރަށުން ނެގި އެއްވެސް ސާމްޕަލެއް ޕޮސިޓިވްވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ހޯނޑެއްދޫއިން މިހާތަނަށް ޕޮސިޓިވްވީ 44 މީހުން ކަމަށާއި އޭގެ ފަހުން އިތުރު ބަޔަކު ޕޮސިޓިވްވެފައިވާ ނުވާ ކަމަށެވެ. އެކަމަކު އެ ރަށުގައި އަދިވެސް ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ގެންދާ ކަމަށެވެ.
ހޯނޑެއްދޫގައި ކޯވިޑް-19 ޖެހެމުންދަނީ އެއް އާއިލާއަކަށް ނިސްބަތްވާ ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންނަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ހޯނޑެއްދޫއިން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވީ ހޯމް ކަރަންޓިން ފުރިހަމަ ކުރި ދެ މީހެކެވެ.
މިއަދުގެ ނިޔަލަށް އަތޮޅު ތެރޭގެ 22 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 48 މީހުން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް