ހެންވޭރުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރި ގެއެއްގެ ދެ ފަންގިފިލާއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
އެގޮތުން އެއް ފަންގިފިލާއިން 700 ޑޮލަރު އަދި އަނެއް ފަންގިފިލާއިން 37000 ރުފިޔާ ވަގަށްނަގާފައިވާކަމަށް ފުލުހުން ބުނެއެވެ. ވައްކަން ކޮށްފައިވަނީ އެ ގޭގެ ހަތްވަނަ ފަންގިފިލާއާއި އަށްވަނަ ފަންގިފިލާއިންނެވެ. ހަތްވަނަ ފަންގިފިލާއިން ވައްކަންކުރިކަން ރިޕޯޓްކޮށްފައިވަނީ ހެނދުނު 1034ގައި ކަމަށާއި އަށްވަނަ ފަންގިފިލާއިން ވައްކަންކުރިކަމުގެ ރިޕޯޓްކޮށްފައިވަނީ ހެނދުނު 11:52ގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މީގެ އިތުރުން އައިވޮޗަކާއި އިއަޕޮޑެއްވެސް އެއް ފަންގިފިލާއިން ވަގަށް ނަގާފައިވާކަމަށާއި މި ދެ މައްސަލަވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް