މޫސުން އިތުރަށް ގޯސްވެދާނެކަމަށް ލަފާކޮށް ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެދާނެކަމް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްކޮށްފިއެވެ. މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ހެނދު...

21 Sep 2019 | 08:52

ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެދާނެކަމް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްކޮށްފިއެވެ.

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ހެނދުނު 07:00 އިން ހަވީރު 11:00 އަށް، ޅ. އަތޮޅުން ފެށިގެން ވ.އަތޮށަށް ނެރެފައިވާއިރު، ޔެލޯ އެލާޓްގެ މި ވަގުތު ވަނީ އިތުރުކޮށްފައެވެ.

އެގޮތުން މި ވަގުތު އިތުރުކޮށްފައިވަނީ ނ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މިއަދު ހެނދުނު 11:00 އިން ހަވީރު 03:00 އަށެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ، އެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

https://twitter.com/MetMaldives/status/1175284463338577920

"މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެއެވެ. އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް