ޤައުމަށް ދިމާވި ހިތާމައިގާ ބައިވެރިވެ އުރީދޫ ނަމްބަރުތަކަށް ކުރެވޭ ކޯލު ތަކާއި ވައިބާ އަދި ޓްވިޓާ މިއަދު ހިލޭ

ރޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ، ނުވަ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ގައުމަށް ހިތާމަވެރިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި އުރީދޫގެ ނަމްބަރުތަކަށް ކުރެވޭ ކޯލުތަކާއ...

21 Sep 2019 | 06:44

ރޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ، ނުވަ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ގައުމަށް ހިތާމަވެރިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި އުރީދޫގެ ނަމްބަރުތަކަށް ކުރެވޭ ކޯލުތަކާއި ވައިބަރ އަދި ޓްވިޓާ މިއަދު ހިލޭކުރަން އުރީދޫއިން ނިންމައިފިއެވެ.

"ރޭގައި މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފުރާނައެއް ގެއްލި އަދި އެތަކެއް ގެދޮރާއި މުދަލަށް ގެއްލުން ލިބުނު ޚަބަރު އަޅުގަނޑުމެން އެހީ ނުހަނު ފުން ހިތާމަޔާއި ހިތްދަތިކަމާ އެކީގައެވެ." އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން ބުނެފައިވަނީ މިޙާދިސާގެ އަސަރުކޮށްފައިވާ ޢާއިލާތަކަށް މުވާޞަލާތުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިއަދު އުރީދޫގެ ނަންބަރުތަކަށް ކުރެވޭ ހުރިހާ ކޯލެއް އެއްވެސް އިތުރު ޗާޖަކާނުލާ ކުރެވޭނެވާހަކަ ދަންނަވާކަމަށެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނާ މުވާޞަލާތު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވައިބަރ މެދުވެރިކޮށް ކޯލު އަދި މެސެޖު ކުރުމުގެ ޚިދުމަތްވެސް އެއްވެސް އިތުރު ޗާޖަކާނުލާ މިއަދު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީސްމީޑިއާ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޢާއްމު މަޢުލޫމާތު ލިބޭނޭގޮތް ފަހިކޮށްދިނުމުގެ ގޮތުން ޓްވިޓަރގެ ޚިދުމަތްވެސް މިއަދު މުޅިން ހިލޭ ލބިވަޑައިގަންނަވާނެއެވެ. ޙާލަތާއިގުޅޭ ކަށަވަރު މަޢުލޫމާތު ހޯދުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރސީ)ގެ މީސްމީޑިއާ އެކައުންޓްތަކަށް ފޮލޯ ކުރުމަށް އަޅުގަނޑުމެން އެދެމެވެ.

ރޭގެ އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން ދެމިތިބޭނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް