މިއީ މިރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަހަރެމެން ދޫކޮށް، މި ދުނިޔާއި އަލްވަދާއު ކީ، އައިޝަތު ޝައުނާ މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު އޭނާގެ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ޕޯސްޓެކެވެ.
"ހިތްހެޔޮ ކުރައްޗެވެ. އަހަރެންގެ ފާފަތައް ފުއްސަވާ ދެއްވާތޯ ދުއާކޮށްދެއްޗެވެ."ސްޓްރައިވިން ފޯރ ޖަންނާ، މި ޕޭޖު މެދުވެރިކޮށް ކޮށްފައިވާ އެ ޕޯސްޓްގައި ލިޔެފައިވެއެވެ.
އެ ޕޯސްޓްގައި އިތުރަށް ލިޔެފައިވަނީ މި ދުނިޔެއަކީ ވަގުތުކޮޅެއް ކަމަށެވެ. ފާއިތުވެދާ ކޮންމެ ސިކުންތެއް އަހަރެމެންގެ މަރާއި ކައިރިކުރުވަމުން އަންނަ ކަމަށެވެ.
"މިރޭ ނިދާފައި ފަތިސް ނަމާދަށް ހޭލެވޭނެކަމުގެ ގެރެންޓީއެއް ނެތެވެ. މާދަމާ ލިބޭނީ އަހަރެންގެ ޖަނާޒާގެ ދައުވަތު ނޫންކަމެއްވެސް ނޭނގެއެވެ. ހިތްހެޔޮ ކުރައްޗެވެ. އަހަރެންގެ ފާފަތައް ފުއްސަވާދެއްވާތޯ ދުއާކޮށްދެއްޗެވެ." އެ ޕޯސްޓްގައި އިތުރަށް ބުނެފައިވެއެވެ.
ހިތާމައިގެ ކޮޅެއް ނެތެވެ. އެ ޕޯސްޓްގައި އެ ވާ ފަދައިން މިއަދު މި ލިބުނީ ޝައުނާގެ ޖަނާޒާގެ ދައުވަތެވެ.
ޝައުނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، ޝައުނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އަޅަމެން ދުއާ ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް