ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ހުޅުވައިފި އެވެ.
މި މެޑިކަލް ޔުނިޓުގައި އާންމު ބަލިތަކަށް ފަރުވާ ދޭނެ އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދިނުމާއި ހެލްތު ސްކްރީނިން އަށް ބޭނުންވާ ވަސީލަތްތައް ވެސް ހުރެ އެވެ. މީގެ އިތުރުން އައިވީ ގުޅުމާއި ބޭސްއެޅުމާއި އެހެން ބައެއް ހިދުމަތްތަށް ވެސް ލިބޭނެ އެވެ.
މި ޔުނިޓު ރަސްމީކޮށް ހުޅުވައި ދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި އުޅޭ ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވި މެޑިކަލް ޔުނިޓުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އުމުރުން 12 އަހަރުން ދަށުގެ 91 ކުދިން ފިޔަވަތީގައި އުޅެ އެވެ. އެތަނުގައި މީގެ ކުރިން ސިއްހީ ހިދުމަތްތައް ދެމުން އައީ އެތަނުގައި ހުންނަ މެޑިކަލް ރޫމެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް