ވަކީލު ސިރާޖުގެ އެޕާޓްމެންޓް ފުލުހުން ބަލާ ފާސްކުރަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމެންޓް ފުލުހުން ބަލާ ފާސްކުރަމުންއެބަދެއެވެ. ސިރާޖް އާއި އޭނާގެ އަނބިކަނބަލުން ދިރިއުޅެމުން އަންނަ ގެ ކަމުގައިވާ ގ. ހހުމަށީގެ ނ...

21 Sep 2018 | 06:48

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމެންޓް ފުލުހުން ބަލާ ފާސްކުރަމުންއެބަދެއެވެ.

ސިރާޖް އާއި އޭނާގެ އަނބިކަނބަލުން ދިރިއުޅެމުން އަންނަ ގެ ކަމުގައިވާ ގ. ހހުމަށީގެ ނުވަ ވަނަ ފަންގިފިލާ ފުލުހުން ބަލާ ފާސްކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ރޭގެ ވަގުތެއްގައި ސިރާޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ސިރާޖުގެ އެޕާޓްމެންޓް ފާސްކުރަމުން އަންނަނީ ހެކި ހޯދަން ކަމުގައި، ބަލާ ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ސިރާޖު ހައްޔަރުކޮށްފައިވަނީ ޖަލުގައި ހުންނެވި އަދީބުގެ ނަމުގައި ތައްޔާރުކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބަޔާންތަކާއި ގުޅިގެންނެވެ.

ސިރާޖު ހައްޔަރުކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ އަދީބާ ހަވާލާދީ ސިރާޖު ޝާއިއުކޮށް ރިޕޯޓްކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ. އަދި ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް