ފޯމު ހުށަހަޅާ އެންމެންނަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދެނީ

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ހަތް ހާސް ފްލެޓަށް އެދި ފޯމް ހުށަހަޅާ އެންމެންނަށް ފްލެޓު ދޭން ނިންމައިފި އެވެ. މިކަން އިއުލާނު ކުރީ މިރޭ "ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ވިލިމާލެ 2 ތަރައްގީ ...

20 Sep 2018 | 23:53

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ހަތް ހާސް ފްލެޓަށް އެދި ފޯމް ހުށަހަޅާ އެންމެންނަށް ފްލެޓު ދޭން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރީ މިރޭ "ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ވިލިމާލެ 2 ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އެވެ. އެ ހަފްލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވީ އެގޮތަށް ނިންމެވީ ރައީސް އަބދުﷲ ޔާމީން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނިންމެވީ މިހާތަނަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކާއި މިމަހުގެ ނިޔަލަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ފްލެޓު ދޫކުރުމަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށް އަރުވަން ބޭނުންވަނީ އެއްވެސް މީހަކު ބާކީ ނުވާނެ ކަމުގެ ޔަގީން ކަމެވެ.

"އެމަނިކުފާނު ވިދާޅުވީ މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ. މިހާތަނަށް18،000 މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް