މާލޭގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ ހެންވޭރު ޖަނަވަރީ މަގުގައި، ވެލިގާ ހާޑްވެއާ ކައިރިންނެވެ.
މި ހަމަލާގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހަމަލާއާއި ގުޅޭ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް